ރަންވީރް ސިންގް

"ޑޮން 3" އަށް ރަންވީރް

ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމް "ޑޮން 3" އިން ބޮލީވުޑްގެ އެކްޓަރު ރަންވީރް ސިންގް ހަމަޖައްސައިފި އެވެ.

ފިލްމުން ރަންވީރް ފެނިގެންދާނެކަން ހާމަކުރީ ފަރްޚާން އަޚްތަރެވެ.

ޑޮންގެ ކުރީގެ ދެ ފިލްމްގައި ލީޑްރޯލު ކުޅުނީ ޝާހްރުކް ޚާނެވެ. ޑޮންގެ ފުރަތަމަ ފިލްމް ރިލީޒްކުރީ 2006 ވަނަ އަހަރު އެވެ. "ޑޮން 2" ރިލީޒްކުރީ 2011 ވަނަ އަހަރު އެވެ.

"ޑޮން 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރު އެވެ.