ރިޗާގެ ކައިވެނި އަންނަ މަހު

އޮކްޓޫބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާ ކަމަށް އެކްޓްރެސް ރިޗާ ޗައްޑާ ބުނެފިއެވެ.

އަންނަ މަހު ކައިވެނިކުރަން ނިންމާފައިވާކަން ރިޗާ ހާމަކުރީ ސޯޝަލް މީިޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ. ރިޗާ ކައިވެނިކުރުމަށް ނިންމާފައިވަނީ އަލީ ފަޒާލްއާއެވެ.

ރިޗާ އާއި ފަޒާލް ކައިވެނިކުރަން ފުރަތަމަ ނިންމީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން އިތުރުވުމުން ދެ ފަހަރެއްގެ މަތިން އެ ކައިވެނި ވަނީ ފަސްކޮށްފައެވެ.