ހެޓްރިކް ބައްޔާއެކު ރަންވީރާއެކު މިވަގުތު މަސައްކަތް ނުކުރަން ޔަޝް ރާޖް ނިންމައިފި
ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްގެ ތިން ފިލްމެއް ފެއިލްވުމުން މިވަގުތު އޭނައާއެކު އެއްވެސް މަސައްކަތެއް ނުކުރުމަށް ޔަޝް ރާޖް ފިލްމްސް އިން ނިންމައިފި އެވެ.
ރަންވީރްގެ ކާމިޔާބު ޓްރެކް ރެކޯޑަށް ކޮވިޑް-19 އަށްފަހު ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއްކޮށްފަ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރި އޭނާގެ ފިލްމް "83" ނާކާމިޔާބުވި އެވެ. ފިލްމް "ޖަޔޭޝްބައި ޖޯރްދާރް" އަށް ލިބުނީ 15.59 ކްރޯޑް ރުޕީސް އެވެ. އުންމީދުތަކެއް ކުރެވުނު ފިލްމް "ސާކަސް" އަށް ކާމިޔާބެއް ނުލިބުނެވެ.
ނާކާމިޔާބުގެ "ހެޓްރިކް"އާއެކު ޔަޝް ރާޖް ފިލްމްސް އިން މިވަގުތު ރަންވީރްއާއެކު މަސައްކަތް ނުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.