ސުޕަ މާރިއޯގެ އާ ފިލްމެއް އުފައްދަނީ
"ދަ ސުޕަ މާރިއޯ ބްރޯސް މޫވީ" ގެ ކާމިޔާބީއަށްފަހު އިތުރު ފިލްމެއް އުފެއްދުމަށް ނިންމައިފި އެވެ.
ސުޕަ މާރިއޯ ފިލްމަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވެ އެވެ.
ނިންޓެންޑޯ އާއީ އިލިއުމިނޭޝަން އެންޓަޓެއިންމެންޓް އިން ހާމަކުރި ގޮތުގައި ދެވަނަ ފިލްމް ރިލީޒްކުރާނީ އެޕްރީލް 3، 2026 ގަ އެވެ.
އާ ފިލްމަކީ މަޖާ ފިލްމަކަށް ވެގެންދާނެ ކަމަށްވެސް ފިލްމް އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ.