ދަމާލްގެ އާ ފިލްމެއް

ދަމާލް އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެއް ފްރެންޗައިޒްއަށް ވާނެ އެވެ.

މި ފްރެންޗައިޒްގެ ސީރީޒްގައި މިހާރުވެސް ތިން ފިލްމް ރިލީޒްކޮށްފައިވެ އެވެ. އެއީ "ދަމާލް" އާއި "ޑަބަލް ދަމާލް" އަދި "ޓޯޓަލް ދަމާލް" އެވެ. އެންމެ ފަހުން ނެރުނު "ޓޯޓަލް ދަމާލް" އަކީ މި ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 150 ކްރޯޑް ރުޕީސް ލިބުނެވެ.

މި ފްރެންޗައިޒްގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. މި ފިލްމްގެ ހަތަރުވަނަ ބައިގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ޑައިރެކްޓަރު އިންދްރާ ކުމާރާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ ވަނީ ހަތަރު ވަނަ ފިލްމް ހެދުމަށް ވިސްނާފަ އެވެ. ފިލްމަށް އަޖޭ ދޭވްގަން ގެންނަން ޝައުގުވެރިކަންފާޅުކޮށްފަ އެވެ.

ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު ފިލމުގެ މަސައްކަތް ފެށޭނެ އެވެ.