އިލިއާނާއަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ
ބޮލީވުޑްގެ އެކްޓްރެސް އިލިއާނާ ޑިކްރޫޒަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.
އިލިއާނާއަށް މިމަހުގެ ފުރަތަމަ ދުވަހު ލިބުނު ފިރިހެން ދަރިފުޅަށް ކިޔާފައިވަނީ ކޯއާ ފީނިކްސް ޑޯލާން އެވެ.
ދަރިފުޅުގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކުރަމުން އިލިއާނާ ބުނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ލިބިފައިވާ ކަމަށެވެ.
އިލިއާނާއަށް ދަރިއަކު ލިބުނުކަން ހާމަކުރުމުން ގިނަ ފަންނާނުންތަކެއް އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ހުމާ ގުރޭޝީ އާއި ނަރުގިސް ފަޚްރީ އާއި އަތީތާ ޝެޓީ ހިމެނެ އެވެ.
ދަރިފުޅަށް ބަލިވެ އިންކަން އިލިއާނާ ހާމަކުރީ އެޕްރީލް މަހު އެވެ.