ފޮޓޯ: ސަލްމާން ޙާން

ފިލްމް ސިކަންދަރުގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާން ފިލްމް "ސިކަންދަރު"ގެ ޝޫޓިން ފަށައިފި އެވެ.

ސަލްމާން، ފިލްމް ސިކަންދަރުގެ ޝޫޓިން ފަށާފައިވަނީ އިއްޔެ އެވެ. ފިލްމްގެ ޝޫޓިން ކުރިއަށް ދަނީ މުމްބާއީގަ އެވެ.

ފިލްމްގައި އެންމެ ފުރަތަމަ ޝޫޓްކުރާ މަންޒަރުތަކުގެ ތެރޭގައި 33،000 ފޫޓު މަތިން މަތިންދާބޯޓެއްގައި ނަގާ ސަލްމާންގެ މަންޒަރެއް ހިމެނޭ އެވެ.

ސަލްމާން ވަނީ ފިލްމްގެ ޝޫޓިން ފެށުން ފާހަގަކުރުމުގެ ގޮތުން ފިލްމްގެ ޕްރޮޑިއުސަރު ސާޖިދު ނާދިއަޑްވާލާއާއެކު ފިލްމްގެ ސެޓްގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.