މަނީ ހައިސްޓްގެ ސްޕިން-އޮފް އެއް އުފައްދަނީ

މަނީ ހައިސްޓްގެ ސްޕިން-އޮފްއެއް އުފައްދާނެކަން ނެޓްފްލިކްސް އިއުލާނުކޮށްފިއެވެ.

އެކަން އިއުލާނު ކުރީ މެޑްރިޑްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޕެޑްރޯ ހާމަކުރި ގޮތުގައި ސީރީޒްގެ ސްކްރިޕްޓްގެ މަސައްކަތް  މިހާރު ވަނީ ފެށިފައެވެ. ސީރީޒްގެ ޝޫޓިން ފަށާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ޕެރިސްގައެވެ. ސީރީޒްގެ ޝޫޓިން ފްރާންސްގެ އިތުރުން މެޑްރިޑްގައިވެސް ކުރިއަށް ގެންދާނެއެވެ.

މަނީ ހައިސްޓްއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ސީރީޒެކެވެ.