ފިލްމް "ފޯނު ބޫތު" ގެ ޓްރެއިލާ ދައްކާލައިފި

ފިލްމް "ފޯނު ބޫތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

 

މިއީ ބޮލީވުޑްގެ އެކްޓަރު ކެޓްރީނާ ކައިފް އާއި އިޝާން އަދި ސިދްހާންތު އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

 

ފިލްމްގައި ކެޓްރީނާ ފެނިގެންދާނީ "ގޯސްޓް" އެއްގެ ރޯލުންނެވެ.

 

ހަގީގީ ދިރިއުޅުމުގައިވެސް، ކެޓްރީނާއަކީ "ގޯސްޓް" އަކަށްވި ނަމަ ހަންޓްކުރާނީ ކާކުތޯ ސުވާލުކުރުމުން ކެޓްރީނާ ބުނީ އެއީ ޕްރިޔަންކާ ޗޯޕްރާ ކަމަށެވެ.

 

ކެޓްރީނާ އެހެން ބުނެފައިވާއިރު، ކެޓްރީނާ އާއި ޕްރިޔަންކާގެ ފިލްމެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފިލްމުން އާލިއާ ބަޓްވެސް ފެނިގެންދާނެއެވެ.