ފިލްމް ބޭޑް ނިއުޒްގެ ޕޯސްޓަރެއް

ބޭޑް ނިއުޒްއަށް ފުރަތަމަ ދުވަހު 8.5 ކްރޯޑް ރުޕީސް

ވިކީ ކައުޝަލް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބޭޑް ނިއުޒް" އަށް ފުރަތަމަ ދުވަހު 8.5 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

އަނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކޮށްފައިވަނީ އިއްޔެ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ތުރިޕްތީ ދިމްރީ އާއި އެމީ ވިރްކް ހިމެނެ އެވެ.

މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމް "ގުޑް ނިއުޒް" ގެ ސީކުއެލްއެކެވެ.

ފިލްމް ބޭޑް ނިއުޒްއަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަކީ ފިލްމް ގުޑް ނިއުޒްއަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުން ފުރަތަމަ ހަފުތާ ތެރޭގައި ފިލްމް ބޭޑް ނިއުޒްއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.

ބޭޑް ނިއުޒް ރިލީޒްކުރި ރޭ މުމްބާއީގައި 835 ޝޯ ދެއްކިއިރު އޮކިއުޕެންސީ ހުރީ 20 ޕަސެންޓްގަ އެވެ.