ޑޮން 3 ގެ ޕޯސްޓަރެއް

"ޑޮން 3" ގެ ޝޫޓިން އަނެއްކާވެސް ފަސްކުރަން ޖެހިއްޖެ

ބޮލީވުޑްގެ ފިލްމް "ޑޮން 3" ގެ ޝޫޓިން އަނެއްކާވެސް ފަސްކުރަން ޖެހިއްޖެ އެވެ.

ރަންވީރް ސިންގް ލީޑް ރޯލު ކުޅޭ މި ފިލްމް ޝޫޓިން ފެށުމަށް ކުރިން އޮތީ އޮގަސްޓް 2023 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ޝޫޓިން ދެން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.

ފިލްމްގެ ޝޫޓިން މި ފަހަރު ފަސްކުރަން ޖެހުނީ އެކްޓަރު ފަރުހާން އަހްތަރު އެހެން ފިލްމެއްގެ މަސައްކަތުގައި އުޅޭތީ އެވެ. މިއީ 1962 ގައި ހިނގި އިންޑޯ-ޗައިނާ ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މީގެ އިތުރުން ފިލްމް "ޑޮން 3" ގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރް ސިންގް އާޢި ކިއާރާ އަދުވާނީ ވެސް މި ދުވަސްކޮޅު އުޅެނީ އެހެން ފިލްމްތަކެއްގެ މަސައްކަތުގަ އެވެ.