ފިލްމް ކަމަނާގެ ޕޯސްޓަރެއް

ފިލްމް ކަމަނާގެ ލޭޓް ނައިޓް ޝޯތަކެއް އަންގާރަ އަދި ބުދަ ދުވަހުގެ ރޭ

ދިވެހި ފިލްމް "ކަމަނާ" ގެ ލޭޓް ނައިޓް ޝޯތަކެއް ގައުމީ ދުވަހާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ބާއްވަން ނިންމައިފި އެވެ.

އެ ގޮތުން ސެޕްޓެމްބަރު 3 – އަންގާރަ ދުވަހުގެ ރޭ އަދި ސެޕްޓެމްބަރު 4 – ބުދަ ދުވަހުގެ ރޭ 11:30 ގައި ލޭޓް ނައިޓް ޝޯތަކެއް ބޭއްވުމަށް ނިންމާ މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފަ އެވެ.

މި މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރި ފިލްމަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި ފިލްމަކީ ގެވެށީ އަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިނަތު ރަޝްފާ (އާޝާ) ހިމެނެ އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކުވެސް މި ފިލްމުން ފެނިގެންދާނެ އެވެ.