މުފާސާ، ޑިސެމްބަރު މަހު ސިނަމާތަކަށް

ޑިޒްނީގެ ފިލްމް "މުފާސާ: ދަ ލަޔަން ކިންގް" މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ވަނަ ދުވަހު ސިނަމާތަކުގަ އެވެ.

މިއީ "ލަޔަން ކިންގް" ގެ ޕްރީކުއެލްއެކެވެ. މި ފިލްމްގައި ކިޔައިދޭނީ މުފާސާ އާއި ސްކާގެ ކުޑައިރުގެ ވާހަކަތަކެވެ.

މި ފިލްމްގައި މުފާސާ އާއި ސްކާ ހަތުރުންނަށް ވެގެންދިޔަ ގޮތްވެސް ފެނިގެންދާނެ އެވެ.