އިންޑިއާގެ ކޮމޭޑިއަން އެކްޓަރު ރާޖޫ މަރުވެއްޖެ

އިންޑިއާގެ ކޮމޭޑިއަން އެކްޓަރު ރާޖޫ މަރުވެއްޖެއެވެ.

އުމުރުން 58 އަހަރުގައި ރާޖޫ މަރުވީ މިއަދު ހެނދުނު ދިއްލީގައެވެ.

މިދިޔަ މަހު ޖިމްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ރާޖޫ މަރުވީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި ފަރުވާ ދެމުންދަނިކޮށެވެ.

ރާޖޫ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. ރާޖޫއަކީ ސްޓޭންޑް-އަޕް ކޮމޭޑިއަންއެކެވެ.