ޗަންދޫ ޗެމްޕިއަން އަށް ފުރަތަމަ ދުވަހު 5.4 ކްރޯޑް ރުޕީސް

ފިލްމް "ޗަންދޫ ޗެމްޕިއަން" ރިލީޒްކުރި ފުރަތަމަ ދުވަހު 5.4 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

ހުކުރު ދުވަހު ރިލީޒްކުރި ފިލްމްގެ ޓިކެޓެއް ވިއްކާފައިވަނީ 150 ރުޕީސް އަށެވެ.

ކަބިރް ހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ކާތިކް އާރްޔަން، ވިޖޭ ރާޒް އަދި ބުވަން އަރޯރާ ހިމެނެ އެވެ.