ސަލްމާން "ސިކަންދަރު" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ

ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސިކަންދަރު" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

ސާޖިދު ނާދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ އޭ އާރް މުރޫގަޑޯސް އެވެ.

ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މުމްބާއީގަ އެވެ.

ފިލްމްގައި އެންމެ ފުރަތަމަ ޝޫޓްކުރާ މަންޒަރުތަކުގެ ތެރޭގައި 33،000 ފޫޓު މަތިން މަތިންދާބޯޓެއްގައި ނަގާ ސަލްމާންގެ މަންޒަރެއް ހިމެނެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ސިނަމާތަކުގަ އެވެ