ރިތިކް ރޯޝަން

ކުޑައިރު ބުލީގެ ޝިކާރައަކަށްވި: ރިތިކް

ކުޑައިރު ބުލީގެ ޝިކާރައަކަށްވި ކަމަށް ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.

ރިތިކް ރޯޝަންގެ ފިލްމް "ކޮއި މިލް ގަޔާ"އަށް މިއަދު 20 އަހަރު ފުރިފައިވާއިރު ރިތިކް ބުނީ އެ ފިލްމުގައި އޭނާ ކުޅުނު ރޯލެކޭ އެއްގޮތަށް އޭނާ ކުޑައިރު ބުލީގެ ޝިކާރައަކަށްވި ކަމަށެވެ.

ރިތިކް ބުނީ އޭނާއަށްވުރެ އުމުރުން ދޮށި ކުދިންތަކެއް އޭނާގެ ބައިސްކަލު ހަލާކުކޮށްލި ކަމަށާއި ކޮއި މިލް ގަޔާގައި އެކަން ދިމާވުމަކީ އިއްތިފާގެއް ކަމަށެވެ.

ބައިސްކަލު ހަލާކުކޮށްލުމުން ހިތަށް ތަދުވި ކަމަށްވެސް ރިތިކް ބުންޏެވެ.