ފިލްމް ބޭޑް ނިއުޒްގެ ލީޑް ތިން އެކްޓަރުން

ފިލްމް "ބޭޑް ނިއުޒް" ޕްރައިމް ވީޑިއޯއަށް

ކޮމެޑީ ފިލްމް "ބޭޑް ނިއުޒް" ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފި އެވެ.

މި އަހަރުގެ ޖުލައި މަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމް ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފެށީ މިއަދު އެވެ.

އެކްޓަރު ވިކީ ކައުޝަލް އާއި ތުރިޕްތީ ދިމްރީ އާއި އެމީ ވިރްކް ފެނިގެންދާ މި ފިލްމަކީ އަނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމް "ގުޑް ނިއުޒް" ގެ ސީކުއެލްއެކެވެ.