ލާޕަތާ ލޭޑީސްގެ ޕޯސްޓަރެއް

ލާޕަތާ ލޭޑީސް ޖަޕާންގައި ރިލީޒްކޮށްފި

ޖިއޯ ސްޓޫޑިއޯސް އާއި އާމިރު ޚާން ޕްރޮޑަކްޝަންސްގެ "ލާޕަތާ ލޭޑީސް" ޖަޕާންގައި ރިލީޒްކޮށްފި އެވެ.

މި ފިލްމަކީ އިންޑިއާއިން އަންނަ އަހަރު އޮސްކާ އެވޯޑްސްގައި ވާދަކުރާ ފިލްމެވެ.

މިއީ އަލަތު ކައިވެނި ކޮށްގެން އުޅޭ ބަޔަކު އެ މީހުންގެ އަނބިން ގޮވައިގެން ރޭލެއްގައި ގެއަށް ދިއުމުގެ މަގުމަތީގައި ފިރިންނަށް އަނބިން އޮޅިގެން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ނިތަންޝީ ގޯއެލް، ޕްރަތީބާ ރަންތާ، ސްޕާޝް ޝްރިވަސްތާވް، އަދި ރަވީ ކިޝަން ހިމެނެ އެވެ.