ޖޯކު: އާއިލާއަކަށް ނޭނގޭނެ

ޖޯކު: އާއިލާއަކަށް ނޭނގޭނެ

އުމުރުން ދުވަސްވީ މީހެކެވެ. ކަންފަތަށް އަޑުއިވުމުގައި ސީރިއަސް މައްސަލަތަކެއް ދިމާވެފައިވާ މީހެކެވެ. އެއްވެސް ގޮތަކަށް ކަންފަތަށް އަޑު ނީވޭތާ އަހަރުތަކެއްވެފައިވާ މީހެކެވެ.

ސިއްހީ އެ މައްސަލައަށް ފަރުވާ ހޯދުމަށް އަޒުމު ކަނޑައަޅައި، އެންމެފަހުން ޑޮކްޓަރަށް ދައްކައިފިއެވެ. ޑޮކްޓަރު އިރުޝާދު ދިނީ ހިއަރިން އެއިޑް ބޭނުން ކުރުމަށެވެ.

އޭގެ މަސް ދުވަސްފަހުން މިމީހާ އެ ޑޮކްޓަރަށް ދައްކަން ހިނގައްޖެއެވެ.

ޑޮކްޓަރު: (ވަރަށް އުފާވެފައި) މިހާރު އަޑު އިވޭދޯ؟

އުމުރުން ދުވަސްވީ މީހާ: ލައްބަ މިހާރު އަޑު އިވޭ.

ޑޮކްޓަރު: އާއިލާގެ މީހުންވެސް ވަރަށް އުފާވާނެތާ ދޯ؟

އުމުރުން ދުވަސްވީ މީހާ: އާއިލާ މެންބަރުންނަށް އަދި ނޭނގޭނެ އަހަރެންނަށް އަޑުއިވޭ ކަމެއް. އަހަރެން މިހާރު ކުރާ ކަމަކީ އެ މީހުން ދައްކާ ވާހަކަތައް އަޑު އެހުން. އަހަރެން މިހާރު ތިން ފަހަރަށް ވަސިއްޔަތް ބަދަލުކޮށްފިން.