ޓެސްލާ ކާރު -- ފޮޓޯ: ޓެސްލާ ވެބްސައިޓް

ކުރީގެ މުވައްޒަފަކު ބުނަނީ ޓެސްލާގެ ސެލްފް-ޑްރައިވިން ރައްކާތެރި ނޫނޭ

ޓެސްލާ ކާރުގެ ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ ރައްކާތެރި ނޫން ކަމަށް ޓެސްލާ ކުންފުނީގެ ކުރީގެ މުވައްޒަފަކު ބުނެފި އެވެ.

ލޫކާޒް ކްރޫޕްސްކީ ގަބޫލުކުރާ ގޮތުގައި އާންމު މަގުތަކުގައި ދުއްވޭ ވަރަށް ޓެސްލާގެ ސެލްފް ޑްރައިވިން ޓެކްނޮލޮޖީ ރައްކާތެރިއެއް ނޫނެވެ.

އޭނާ ވަނީ ޓެސްލާގެ ބްރޭކިން އެންޑް ސެލްފް-ޑްރައިވިން ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ކަސްޓަމަރުންގެ ޝަކުވާތަކެއްވެސް މީގެ ކުރިން ލީކުކޮށްލާފަ އެވެ. އެ ކަންބޮޑުވުންތަކަށް މާބޮޑު ސަމާލުކަމެއް ނުލިބެ އެވެ.

ޓެސްލާގެ ޗީފް އެގްޒެކެޓިވް އީލޮން މަސްކް އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި ޓެސްލާގައި ބޭނުންކުރަނީ ދުނިޔޭގެ މިހާތަނަށް ބޭނުންކުރާ އެންމެ ރަނގަޅު ރިއަލް-ވޯލްޑް އޭއައި ކަމަށެވެ.