ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 20 އިންސައްތަ ނިމިއްޖެ
ނ. ކުޑަފަރީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މުޅި މަޝްރޫއުގެ 20 އިންސައްތަ ނިމިއްޖެއެވެ.
މަޝްރޫއު ކުރިއަށް ގެންދާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކުރި ގޮތުގައި މަޝްރޫއުގެ ދަށުން ގާއިމުކުރެވިގެންދާ އާރު.އޯ ފެސިލިޓީގެ 33 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ފެނުގެ ވިއުގަގެ 30 އިންސައްތަ ނިމިފައިވާއިރު ނަރުދަމާ ވިއުގަގެ 28 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 660 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މި މަޝްރޫއުގެ ދަށުން 106 ގެއަށް ފެނާއި ނަރުދަމާ ގުޅިގެންދާނެއެވެ. 9.5 ކިލޯމީޓަރުގެ ފެނުގެ ވިއުގަ ގާއިމުކުރެވިގެންދާއިރު 8.1 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން އާރު.އޯ ފެސިލިޓީ އާއި ސީ އައުޓްފޯލް ގާއިމުކުރެވިގެންދާނެ ކަމަށާއި ފެން ރައްކާކުރުމަށް ތިން ތާނގި އަދި ފެ ޕަމްޕިން ސްޓޭޝަން ބެހެއްޓިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.