އެއް ކުންފުނީގައި 80 އަހަރު ވަޒީފާ އަދާކުރި ވޯލްޓާ، ގިނިސް ވޯލްޑް ރިކޯޑްއާއެކު -- ފޮޓޯ: ގިނިސް ވޯލްޑް ރިކޯޑްސް

އެއް ކުންފުނީގައި 80 އަހަރު ވަޒީފާ އަދާކުރި މީހާ މަރުވެއްޖެ

އެއް ކުންފުނީގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމުގެ ދުނިޔޭގެ ރިކޯޑް ހޯދި މީހާ މަރުވެއްޖެ އެވެ.  

ބްރެޒިލްގެ ވޯލްޓާ އޮރތްމަން މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ.  

އެއް ކުންފުނީގައި އެންމެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމުން ގިނިސް ވޯލްޑް ރިކޯޑްސް އިން ވަނީ ވޯލްޓާއަށް އެކަމުގެ ރިކޯޑް ހަވާލުކޮށްފަ އެވެ.  

ރިކޯޑް ހަވާލުކުރިއިރު އޭނާ ވަނީ 80 އަހަރަށްވުރެ ގިނަ ދުވަހު އެއް އޮފީހެއްގައި ވަޒީފާ އަދާކޮށްފަ އެވެ.  

ބްރެޒިލްގެ ޓެކްސްޓައިލް ކުންފުންޏެއްގައި ވޯލްޓާ ވަޒީފާ އަދާކުރަން ފެށީ ޖެނުއަރީ 17، 1938 ގަ އެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ.  

ވޯލްޓާ މަރުވިއިރު އުމުރަކީ 102 އަހަރެވެ.