ފެކްޓްރީގެ ވެރިޔާ -- ފޮޓޯ: ބައިޑު

ކުރީގެ މުވައްޒަފުންނަށް 8 މިލިއަން ޔުއާން

ޗައިނާގެ ފެކްޓްރީއެއްގެ ވެރިއަކު އޭނާގެ ފެކްޓްރީގައި ކުރިން މަސައްކަތްކުރި 406 މުވައްޒަފުންނަށް 8 މިލިއަން ޔުއާން ދީފި އެވެ.

މި ފައިސާ ދީފައިވަނީ ފެކްޓްރީ ބަންދުކުރިތާ 20 އަށްވުރެ ގިނަ އަހަރު ފަހުންނެވެ.

ފެކްޓްރީގައި މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން މިހާރު މަރުވެފައިވާ މީހުންގެ އާއިލާތަކަށާއި އަމިއްލައަށް ވަޒީފާއިން ވަކިވި މީހުންނަށްވެސް މި ފައިސާ ވަނީ ދީފަ އެވެ.

މި ފެކްޓްރީ ބަންދުކުރީ 2000 ވަނަ އަހަރު މާލީ ގޮތުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މި ފެކްޓްރީ ހުރި ސިޓީގެ މުނިސިޕަލްޓީ އިން ވަނީ އެ ބިން ގަނެފަ އެވެ. ބިން ގަތް ފައިސާ މުނިސިޕަލްޓީ އިން ފެކްޓްރީގެ ވެރިޔާއަށް ދައްކާފައިވަނީ މިދިޔަ އަހަރު އެވެ.

ފެކްޓްރީގެ ވެރިޔާ، އެތަނުގެ މުވައްޒަފުންނަށް ދިން ފައިސާއަކީ އެ ބިން ވިއްކާލުން ލިބުނު ފައިސާ އެވެ.