ފޮޓޯ: ބައިޑު

ވީދާ ކުދިކުދިކޮށްލާފައިވާ ނޫޓުތައް ހިފައިގެން ބޭންކަށް

ވީދާ ކުދިކުދިކޮށްލާފައިވާ ނޫޓުތަކެއް ހިފައިގެން މީހަކު ޗައިނާގެ ޔުނާން ޕްރޮވިންސްގައި ހުންނަ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއަށް ހިނގައްޖެ އެވެ.

ޗައިނާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ނޫޓުތައް ވީދާ ކުދިކުދިކޮށްލީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ.

އޭނާ ވަނީ 32،000 ޔުއާން ވީދާލާފަ އެވެ. އެއީ މީގެ ފަސް އަހަރު ކުރިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން އޭނާ ވަނީ މަރުވެފަ އެވެ.

މި ނޫޓުތައް އަލުން ބޭނުން ކުރެވޭނެކަމުގެ އުންމީދުގައި މި ނޫޓުތައް ހިފައިގެން ބޭންކަށް ދިޔައީ ނޫޓުތައް ވީދި މީހާގެ ފަހަރިއެކެވެ.

ނޫޓުގެ އެކިއެކި ބައިތައް ހަމަކުރަން ބޭންކްގެ ހަތަރު މުވައްޒަފަކު 20 އަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހުނެވެ.