އިސްތިހާރުކުރުން ހުއްޓާލި ކުންފުނިތަކަށް ދައުވާކުރަނީ

އެކްސްގައި އިސްތިހާރުކުރުން ހުއްޓާލި ކުންފުނިތަކަކާ ދެކޮޅަށް ދައުވާކުރުމުގެ މަސައްކަތް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށައިފި އެވެ.

އިސްތިހާރުތައް ހުއްޓާލުމުން "ބިލިއަން ޑޮލަރު" ގެ އާމްދަނީ ގެއްލިފައިވާ ކަމަށް އެކްސް އިން ބުނެ އެވެ.

ދައުވާ އުފުލުމަށްފަހު މަކްސް ބުނީ ދެ އަހަރު ވަންދެން ކަންކަން ސުލްހަކުރެވޭތޯ މަސައްކަތްކުރި ކަމަށެވެ.

"މިހާރު މިއީ ހަނގުރާމަ،" މަސްކް ބުނެފައިވެ އެވެ.

މަސްކް، ޓްވިޓާ ގަތީ 2022 ވަނަ އަހަރު އެވެ. އެއަށްފަހު ޓްވިޓާގެ ނަން އެކްސް އަށް ބަދަލުކުރި އެވެ.