ބޭނުންނުކުރާ ޓްވިޓާ އެކައުންޓްތައް ނައްތާލަނީ
ބޭނުންނުކުރާ ޓްވިޓާ އެކައުންޓްތައް ނައްތާލަން ނިންމާފައިވާ ކަމަށް ޓްވިޓާގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރި އެކައުންޓްތައް ނައްތާލަކަން އިއުލާނުކުރުމުން ގިނަ ބަޔަކު ދަނީ އެމީހުންގެ ޓްވިޓާ އެކައުންޓް ގެއްލިދާނެ ކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އީލޮން މަސްކް މިދިޔަ އަހަރުގެ އޮކްޓޫބަރު ޓްވިޓާ ގަނެ، ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން ވެރިފައިޑް ބެޖު ވިއްކުމާއި ކުރިން ވެރިފައިޑްވެފައިވާ އެކައުންޓްތަކުންވެސް ފައިސާ ނުދައްކާނަމަ ވެރިފައިޑް ބެޖު އަތުލުން ހިމެނެ އެވެ.