ތާރާ ސުތާރިއާ

ކުޅޭ ފިލްމަށް ލަވަކިޔަން ބޭނުން: ތާރާ

ކުޅޭ ފިލްމްތަކަށް ލަވަކިޔަން އަބަދުވެސް ބޭނުންވާ ކަމަށް ބަތަލާ ތާރާ ސުތާރިއާ ބުނެފިއެވެ.

ތާރާ ސުތާރިއާ، އޭނާގެ ކެރިއާ ފެށީ މިއުޒިކް ޝޯއަކުންނެވެ. އުމުރުން 26 އަހަރުގެ ތާރާއަށް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "އޭކް ވިލަން ރިޓާންސް" ގެ ލަވައެއް ކިޔުމުގެ ފުރުސަތު ލިބިފައެވެ.

ފިލްމް "އޭކް ވިލަން ރިޓާންސް" ޑައިރެކްޓްކުރަނީ މޯހިތު ސޫރީއެވެ. ތާރާ ބުނީ ފިލްމްގެ ލަވައެއް ކިޔުމުގެ ފުރުސަތު ދިނީ މޯހިތު ކަމަށެވެ.

ފިލްމް ކުޅުމުގެ ކުރިން އޭނާއަކީ ލަވަކިޔުންތެރިއެއް ކަމަަށާއި ކުޅޭ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ލިބުމަކީ ދެކެމުންދިޔަ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ތާރާ ވަނީ ބުނެފައެވެ.