ކިއާރާ

ކިއާރާއަކީ ނޫސްވެރިއެއްނަމަ އޭނާ ސުވާލުކުރާނީ ކާކުއާކަން އެނގޭތަ؟

އިންޑިއާގެ އެކްޓްރެސް ކިއާރާ އަދްވާނީއަކީ ނޫސްވެރިއެއްނަމަ އޭނާ އިންޓަވިއުކުރާނީ ކޮން ޑައިރެކްޓަރަކާކަން އޭނާ ބުނެފިއެވެ.

ފިލްމް "ފަގްލީ" އިން ބޮލީވުޑަށް ނިކުތް ބަތަލާ، ކިއާރާ ނޫސްވެރިއަކަށްވި ނަމަ އޭނާ އިންޓަވިއުކުރާނީ ކާކުއާތޯ ސުވާލު ކުރެވުމުން ކިއާރާ ބުނީ އޭނާ އިންޓަވިއުކުރާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ކަމަށެވެ.

ކިއާރާ އަދްވާނީ ފިލްމަކަށް ނަގާނީ ކޮންއިރަކުންތޯ ސަންޖޭ ގާތު ސުވާލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ކިއާރާ ބުނީ އޭނާ ހާސިލުކުރަން ބޭނުންވާ ވަރަށް ގިނަ ލަނޑުދަނޑިތައް އެބަހުރި ކަމަށެވެ.

އުމުރުން 28 އަހަރުގެ ކިއާރާ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އެމް.އެސް ދޯނި: ދަ އަންޓޯލްޑް ސްޓޯރީ" އާއި "ގުޑް ނިއުޒް" އަދި "ލަކްޝްމީ" ހިމެނެއެވެ.