ޓްވީޓް ކިޔޭ އަދަދު މަދުކޮށްފި

ބިލިއަނަރު އިލޮން މަސްކް ޓްވިޓާ ގަތްފަހުން ގެންނަމުންދަނީ ކުއްލި ބަދަލުތަކެކެވެ. ޓްވިޓާ ބޭނުންކުރާ މީހުން ކިޔާނެ ފާޑަކަށް އޭނާ ނުވިސްނައެވެ. މަސްކް މިފަހަރު މި ވަނީ ދުވާލަކު ޓްވިޓާ ޕޯސްޓް ކިޔޭ އަދަދު ލިމިޓްކޮށްފަ އެވެ.

 

ފުރަތަމަ ގެނައި ލިމިޓަށް ބަދަލުގެނެސް އެ ލިމިޓް އިތުރުކުރީވެސް އެހާ އަވަހަށެވެ.

 

އީލޮން މަސްކް ޓްވިޓާ ގަތީ އޮކްޓޫބަރު 2022 ގަ އެވެ. އޭގެ ފަހުން ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި "ބްލޫ މާކް" ވިއްކަން ފެށުމާއި ޓްވިޓާގެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުން ވަކިކޮށް އާ މުވައްފުން އައްޔަންކުރުން ހިމެނެ އެވެ.