އައިފޯންގެ އިސް ޑިޒައިނެއް މަގާމުން ވަކިވަނީ
އައިފޯނު އަދި އެޕަލް ވޮޗްގެ ޕްރޮޑަކްޓް ޑިޒައިންގެ ވައިސް ޕްރެޒިޑެންޓް ޓަންގް ޓަން މަގާމުން ވަކިވާން ނިންމައިފި އެވެ.
ކަމާބެހޭ މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އޭނާ މަގާމުން ވަކިވާނީ ފެބްރުއަރީ މަހު އެވެ.
އޭނާ މަގާމުން ވަކިވުމަކީ އެޕަލްއަށް އުނދަގޫ ކަމަކަށްވާނެ ކަމަށް އެޕަލްގެ ކަންކަން އެނގޭ މީހުން ދަނީ ބުނަމުންނެވެ.
އައިފޯނާއި ވޮޗްގެ އިތުރުން އޭނާ ވަނީ އެއާޕޮޑްސް ގައިވެސް މަސައްކަތްކޮށް އެ ޑިވައިސްތައް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.