ގްރީސްގެ ބޮޑުވަޒީރު އިންސްޓަގްރާމްގައި ހިއްސާކުރެއްވި ފޮޓޯ

ޓޮމް އާއި ރީޓާއަށް ގްރީސްގެ ރަށްވެހިކަން ލިބިއްޖެ

އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަން އަށް ގްރީސްގެ ރަށްވެހިކަން ލިބިއްޖެއެވެ.

އެމެރިކާއަށް އުފަން އެ ދެ ފަންނާނުންނަށް، ގްރީސްގެ ރަށްވެހިކަން ލިބިފައިވާކަން ހާމަކުރެއްވީ ގްރީސްގެ ބޮޑުވަޒީރު ކިރިއަކޮސް މިޓްސޯޓަކިސްއެވެ.

ބޮޑުވަޒީރު ކިރިއަކޮސް މިޓްސޯޓަކިސް ވަނީ ކިރިއަކޮސްގެ ދެކަނބަލުންނާއި ޓޮމް އަދި ރީޓާ އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ފޮޓޯގައި، ޓޮމް އަދި ރީޓާ ހުންނަނީ ގްރީސްގެ ޕާސްޕޯޓާއެކުގައެވެ.

ޓޮމް އާއި ރީޓާ ކައިވެނިކޮށްފައިވަނީ 1988 ވަނަ އަހަރުއެވެ. ރީޓާގެ މަންމަ ނިސްބަތްވަނީ ގްރީސަށެވެ. ޓޮމްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި، އެލްވިސް ޕްރިސްލީގެ ބައޮޕިކް ފިލްމެއް ހިމެނެއެވެ.