ޓްވިޓާގެ ލޯގޯވެސް ބަދަލުކޮށްފި

ޓްވިޓާގެ ވެރިޔާ އީލޮން މަސްކް ދެން ގެންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ ޓްވިޓާގެ މަޝްހޫރު "ނޫ ދޫނި" ލޯގޯ އެއްލާލުމަށްފަހު އީލޮން މިވަނީ ޓްވިޓާގެ ލޯގޯ "އެކްސް" އަކަށް ބަދަލުކޮށްފަ އެވެ.

ކަޅުކުލައިގެ ބެކްގްރައުންޑެއްގައި ހުދުކުލައިން ލިޔެފައިވާ "އެކްސް" ލޯގޯއަކަށް ޓްވިޓާގެ ލޯގޯ ބަދަލުކޮށްފައި މިވަނީ ޓްވިޓާއާ ވާދަކުރުމަށް މެޓާއިން ތްރެޑްގެ ނަމުގައި އެޕެއް ލޯންޗްކޮށްފައި ވަނިކޮށެވެ.

ޓްވިޓާއާ ހަވާލުވި ފަހުން އީލޮން މަސްކް ދަނީ ޓްވިޓާއަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.