ރަމޭޝް ޗަންދު އިތުރު މީހަކާއެކު -- ފޮޓޯ: ނިއުސް18

ދަރިންނާ ދުރުގައި ހުރީ މަތިމަސް ކޮށާލަފާނެތީ

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގެ އާގަރާގައި ދިރިއުޅޭ ރަމޭޝް ޗަންދުއަށް މީހުންގެ ސަމާލުކަން ލިބިގެންދިޔައީ އޭނާގެ ދިގު މަތިމަހުގެ ސަބަބުންނެވެ.

އުމުރުން 80 އަހަރުވެފައިވާ ރަމޭޝްގެ މަތިމަހުގެ ދިގުމިނުގައި 35 ފޫޓު އެބަހުއްޓެވެ.

މަތިމަސް ދިގުކުރަން އޭނާ ޝައުގުވެރިވީ މީގެ 20 އަހަރު ކުރިންނެވެ. ދިގު މަތިމަހެއް ހުރި މީހެއްގެ ފޮޓޯ ފޮތަކުން ފެނުމުން ރަމޭޝްވެސް ބޭނުންވީ އޭނާގެ މަތިމަސް ދިގުކުރާށެވެ.

މަތިމަސް ދިގުކުރަންވެގެން ރަމޭޝް ވަނީ އޭނާގެ ދަރިންނާއި ކާފަދަރިންނާވެސް ދުރަށްގޮސްފަ އެވެ.

"އެއީ އެ މީހުން އަހަރެންގެ މަތިމަސް ކޮށާލަފާނެތީ،" ރަމޭޝް ބުނެފައިވެ އެވެ.

ރަމޭޝް މަތިމަސް ދިގުކުރަން ފެށީ އޭނާގެ އަންހެނުން މަރުވިފަހުންނެވެ.