ވައްކަންކުރާ ތިން މީހުންގެ ތެރެއިން ދެ މީހުން --

ވައްކަންކުރާ އުމުރުން ދުވަސްވީ މީހުންގެ ގޭންގެއް

އުމުރުން ދުވަސްވީ މި ތިން މީހުން ޖަޕާންގައި މަޝްހޫރުވެފައިވަނީ ވައްކަންކުރާ "ގޭންގް" އެއްގެ ގޮތުގަ އެވެ.

މި މީހުންނަކީ އުމުރުން 88 އަހަރުގެ ހިޑެއޯ އާއި އުމުރުން 70 އަހަރުގެ ހިޑެމީ އަދި އުމުރުން 69 އަހަރުގެ ކެނިޗީ އެވެ. ޖަލުން ސަލާމަތްވެގެން ވައްކަމެއް ކުރެވޭނެ ގޮތްތައް މި މީހުން ދިޔައީ ޖަލުގައި ތިބި ވަގުތުގައިވެސް މަޝްވަރާކުރަމުންނެވެ.

ޖަޕާން ފުލުހުން ދަނީ މި މީހުން ގުޅިގެން ކުރި ކަމަށް ބުނާ 10 އަކަށްވުރެ ގިނަ ވައްކަން ތަހުގީގު ކުރަމުންނެވެ. މީގެ ތެރޭގައި މި އަހަރުގެ ޖޫން މަހު ގެއަކުން 6،400 އެމެރިކާ ޑޮލަރުގެ އަގުހުރި ގަހަނާތަކެއް ވަގަށް ނެގި ކަމަށް ތުހުމަތު ހިމެނެ އެވެ.

ވައްކަން ކުރަނީ ދިރިއުޅުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ކަމަށް މި މީޙުން ބުނެ އެވެ.

ޖަޕާން ފުލުހުން ބުނާ ގޮތުން އެގައުމުގައި އުމުރުން ދުވަސްވީ މީހުން ކުށްކުރާ މިންވަރު ވަނީ މި ފަހުން އިތުރުވެފަ އެވެ.