އޯޑަރު ކުރީ އެއާ ފްރަޔާއަކަށް ލިބުނީ ބޮނޑެއް
އޮންލައިންކޮށް އެއްޗަކަށް އޯޑަރުކުރުމުން މުޅިން އެހެން އެއްޗެއްވެސް ލިބިދާނެ އެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.
ކޮލަމްބިއާގެ އަންހެނަކު އެމެޒޮން އިން އޯޑަރުކުރީ އެއާ ފްރަޔާ އަކަށެވެ. ނަމަވެސް އެއާ ފްރަޔާގެ ބަދަލުގައި ސޯފިއާއަށް ލިބުނީ ބޮނޑެކެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސޯފިއާ ބުނީ އެއާ ފްރަޔާގެ ބަދަލުގައި ބޮނޑެއް ލިބުނީ އެމެޒޮންގެ މައްސަލައަކުން ކަމެއް ނުވަތަ ޑެލިވަރީކުރި ފަރާތުގެ މައްސަލައަކުންކަން ބުނަން ނޭނގޭ ކަމަށެވެ.
4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ޕޯސްޓް ބަލާފަ އެވެ.