Photo: rawpixel.com | Freepik

ދަރިންނަށް ހަރަދު ނުދޭން "މަރުވެއްޖެ" ކަމަށް ރަޖިސްޓްރީކޮށްފި

އެމެރިކާގައި ދަރިންނަށް ހަރަދު ނުދޭންވެގެން "މަރުވެއްޖެ" ކަމަށް ރަޖިސްޓްރީކޮށްގެން އުޅުނު މީހަކު ޖަލަށްލައިފި އެވެ.

ޖެސީ ނަމަކަށް ކިޔާ އެ މީހާ "މަރުވެއްޖެ" ކަމަށް ކަމާގުޅޭ އިދާރާތަކުގައި ރަޖިސްޓްރީކުރީ ޑޮކްޓަރެއްގެ ލޮގިން ބޭނުންކޮށްގެންނެވެ. މަރުވެއްޖެ ކަމަށް ރަޖިސްޓްރީކުރުމަށްފަހު އޭނާ ވަނީ "މަރު ސެޓްފިކެޓް" އެއްވެސް ހައްދާފަ އެވެ.

ކޮމްޕިއުޓަރު ފްރޯޑް އަދި އެގްރިވޭޓެޑް އައިޑެންޓިޓީ ވައްކަންކުރުމުގެ ކުށުގައި އޭނާ ވަނީ ނުވަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

"މަރުވެއްޖެ" ކަމަށް ރަޖިސްޓްރީކުރީ ދަރިންނަށް ހަރަދު ނުދޭން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.