އަލަށް ޓްވިޓާ ބޭނުންކުރާ މީހުން އަތުން ފީ ނަގަން ފަށައިފި

ނިއުޒީލެންޑް އަދި ފިލިޕީންސްގައި ޓްވިޓާ އަލަށް ބޭނުންކުރާ މީހުން އަތުން ފީ ނަގަން ފަށައިފި އެވެ.

އެ ދެ ގައުމުން ޓްވިޓާ އަލަށް ބޭނުންކުރާ މީހުން އަތުން އަހަރަކަށް އެއް ޑޮލަރުގެ ފީއެއް ދަނީ ނަގަމުންނެވެ.

ފީ ނުދައްކާ އެކައުންޓްތަކުން ޓްވީޓް، ރީޓްވީޓް ނުކުރެވޭނެ އެވެ. މީގެ އިތުރުން ޕޯސްޓްތަކަށް ރިޕްލައިކޮށް ޕޯސްޓްތަކަށް ލައިކް ނުދެވޭނެ އެވެ. ކުރެވޭނެ ހާވެސް ކަމަކީ ޕޯސްޓްތައް ކިޔުމާއި، ވީޑިއޯ ބެލުމާއި އެކައުންޓްތައް ފޮލޯ ކުރުމެވެ.

މި ބަދަލާ ގުޅޭ ގޮތުން ޓްވިޓާއިން ބުނީ "ސްޕޭމް މަދުކުރުމަށް ކުރާ ކަމެއް" ކަމަށެވެ.

އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ގަތް ފަހުން ޓްވިޓާގެ އާމްދަނީ ވަނީ ދަށްވެފަ އެވެ.