ޖީޓީއޭ 6 ގެ ޓްރެއިލާ އަންގާރަ ދުވަހު

ގިނަ ބަޔަކު އިންތިޒާރުކުރާ ގްރޭންޑް ތެފްޓް އޮޓޯ 6 ގެ ޓްރެއިލާ އަންގާރަ ދުވަހު ރިލީޒްކުރާނެކަން ރޮކްސްޓާ ގޭމްސް އިން ހާމަކޮށްފި އެވެ.

ގޭމްގެ ޓްރެއިލާ ރިލީޒްކުރާ ތާރީހު ހާމަކުރި ނަމަވެސް ގޭމް ރިލީޒްކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ގޭމްގެ ޓްރެއިލާ ބުދަ ދުވަހު ދައްކާލާނެކަން ހާމަކޮށް ރޮކްސްޓާ ގޭމްސް އިން އެކްސްގައި ކުރި ޕޯސްޓަށް ދެ ގަޑިއިރުގެ ތެރޭގައި 26 މިލިއަން ވިއުސް ލިބިފައިވެ އެވެ.

ރޮކްސްޓާ އިން ޖީޓީއޭ 5 ނެރުނީ މީގެ 10 އަހަރު ކުރިންނެވެ. މައިންކްރާފްޓަށްފަހު އެންމެ ގިނައިން ވިކުނު ގޭމަކީ ޖީޓީއޭ 5 އެވެ. މި ގޭމްގެ 185 މިލިއަން ކޮޕީ ވިކިފައިވެ އެވެ.

ޖީޓީއޭ 6 ގެ މަސައްކަތް ކުރާކަން ރޮކްސްޓާ ގޭމްސް އިން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔަގީންކޮށްދީފަ އެވެ.