ފޮޓޯ: ފްރީޕިކް

ސިޑިން އެރުމަކީވެސް ކަސްރަތެއް

ފުރަތަމަ ފްލޯއަށް ނުވަތަ ދެވަނަ ފްލޯއަށް ލިފްޓުން އެރުމުގެ ބަދަލުގައި ސިޑިން އެރުމަކީވެސް ކުޑަ ކަސްރަތެކެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ސިޑިން އެރުމަކީ "ކަސްރަތަކަށް" ވާ ކަސްރަތެއް ނޫނެވެ. އެހެންވެ އެ މީހުންނަށް އިހުތިޔާރު ކުރެވެނީ ލިފްޓެވެ.

ގަވާއިދުން ސިޑިން އަރައި ފޭބުމަކީ ބުންވަރު އިތުރުކޮށްދޭ ކަމެކެވެ. ކުރިން ދެވަނަ ފްލޯ ނުވަތަ ތިންވަނަ ފްލޯއަށް އެރޭއިރު ވަރުބަލިވި ނަމަވެސް އޭނާއަށް ދުވަސްކޮޅެއްގެ ތެރޭގައި އެއްވެސް ވަރުބަލި ކަމެއް ނެތި އެއަށްވުރެ މައްޗަށްވެސް ސިޑިން އެރޭނެ އެވެ.

މީގެ އިތުރުން ސިޑިން އެރުމަކީ ހާއްސަކޮށް ފަޔާއި ބަނޑުގެ މަސްތަކަށް ލިބޭ ކަސްރަތެކެވެ.