ބަކަމޫނު ކެފޭގައި ދެ ބަކަމޫނު -- ފޮޓޯ: ދަ އައުލް ކެފޭ | ފޭސްބުކް ޕޭޖް

މިއީ ބަކަމޫނު ކެފޭ

މިއީ އާދައިގެ ކެފޭއެއް ނޫނެވެ. މި ކެފޭ ހާއްސަވަނީ ބަކަމޫނަށެވެ. ބަކަމޫނެއް އަތަށް ނުވަތަ ކޮނޑަށް ލައިގެން ފޮޓޯއެއް ނަގަން ބޭނުންވާ މީހުން ދާންވީ މި ކެފޭއަށެވެ.

އަބޫދާބީގައި ހުންނަ މި ކެފޭއަކީ މެދުއިރުމަތީގައި ބަކަމޫނަށް ހާއްސަކޮށް ހުޅުވި ފުރަތަމަ ކެފޭ އެވެ.

ބަކަމޫނެއް އަތަށް ނަގައި ފޮޓޯ ނަގަން ބޭނުންވާ އެކަމަށް 70 ދިރުހަމް – ގާތްގަނޑަކަށް 300 ރުފިޔާ ހޭދަކުރަންޖެހޭނެ އެވެ.

މި ކެފޭއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު މިތަނުގައި ހުރި ބައެއް ބަކަމޫނުތަކަކީ އެ ބަކަމޫނުތަކުގެ ފިޔަގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ރަނގަޅަށް ނުއުދުހެވޭ ބަކަމޫނުތަކެކެވެ.

މި ތަނުގައި ބަކަމޫނުތައް ބަލަހައްޓަން ތިބެނީ ތަމްރީން ލިބިފައިވާ މީހުން ނަމަވެސް ޖަނަވާރުތަކުގެ ހައްގުގައި ވަކާލާތުކުރާ މީހުން ބުނަނީ މިއީ ބަކަމޫނުތަކަށް ދޭ އަނިޔާއެއް ކަމަށެވެ.