ކައިވެނި ޕާޓީއަށް ދައުވަތު ނެތްކަން އަންގާ ކާޑެއް ފޮނުވައިފި

ކައިވެނި ޕާޓީއަށް "ދައުވަތު ނެތް" ކަން އަންގާ ކާޑެއް ފޮނުވި ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިފަހަރު މި އޮތީ އެފަދަ ވާހަކައެކެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކައިވެނި ކުރަން އުޅޭ ދެ މީހަކު ވަނީ އެ ދެ މީހުންގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ތެރެއިން ބައެއް މީހުންނަށް ކައިވެނި ޕާޓީއަށް ދައުވަތު ނެތްކަން އަންގާ ކާޑެއް ފޮނުވާފަ އެވެ.

ކައިވެނި ކުރަން އުޅޭ ދެ މީހުންގެ ތެރެއިން އެކެއްގެ އާއިލާ މީހަކު ބުނި ގޮތުގައި ޕާޓީއަށް ދައުވަތު ދޭ މީހުންގެ އަދަދު މަދުކުރީ ބަޖެޓުކުރުމުގެ ގޮތުންނެވެ.

ކައިވެންޏަށްފަހު ދެ މީހުން ފޮޓޯ ނަގަންދާއިރު ސަޔަށް އެތަން ތައްޔާރުކުރުން އޮތީ ދައުވަލު ލިބުނު މީހުންނަށެވެ.

މި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ދަތުރުކުރަންވެސް ފަސް ގަޑިއިރުގެ ދަތުރެއް ކުރަންޖެހެ އެވެ.

ކައިވެނި ޕާޓީއަށް ދައުވަތު ނުދިން ނަމަވެސް "ހިތުގައި ހާއްސަ ޖާގައެއް" ދީފައިވާ ކަމަށް ކައިވެނި ކުރަން އުޅޭ ދެ މީހުން ފޮނުވި ކާޑުގައި ބުނެފައިވެ އެވެ.