ކަރަންޓު މީޓަރުތަކެއް --

އަވަށްޓެރިޔާގެ ގެއިން ވަގަށް ކަރަންޓު ބޭނުންކޮށް ބިލް ބޮޑުކޮށްލައިފި

އަވަށްޓެރިޔާގެ ގެއިން ކަރަންޓު ވަގަށް ނެގުމަކީ ބައެއް ގައުމުތަކުގައި ހިނގާ ކަމެކެވެ. މި ފަހަރުގެ ހާދިސާ ހިނގީ އިނގިރޭސިވިލާތުގަ އެވެ.

ލެސްލީ ޕިރީ ނަމަކަށް ކިޔާ މީހަކު އޭނާގެ އަވަށްޓެރިޔާގެ ގެ އިން ކަރަންޓު ވަގަށް ބޭނުންކުރަނީ އެވެ. މިކަން އޭނާ ކުރަނީ އެ އަވަށްޓެރިޔާގެ ގެއަށް ކަރަންޓު ފޯރުކޮށްދޭ ކޭބަލް މެދުވެރިކޮށެވެ.

ކަރަންޓު ވަގަށް ނަގައި، އަވަށްޓެރިޔާގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑުކޮށްލި އެވެ. ބޮޑުކޮށްލި ކަރަންޓު ބިލް ދެއްކޭނެ ގޮތެއް ހޯދަން އަވަށްޓެރިޔާއަށް ޖެހުނީ އޭނާގެ އަންހެން ދަރިފުޅު ވަޒީފާއަކަށް ފޮނުވާށެވެ.

ލެސްލީ ޕިރީގެ މި އަމަލު ފަޅާއެރި އެވެ. އެއާއެކު އަވަށްޓެރިޔާއަށް 4،000 ޕައުންޑް އަނބުރާ ދައްކަން ލެސްލީއަށް ޑަންޑީ ޝެރިފް ކޯޓުން އެނގި އެވެ. މި ފައިސާ 40 މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންވެސް ވަނީ އަންގާފަ އެވެ.

ކޯޓުގައި ލެސްލީ ވަނީ ޖުލައި 2017 އާއި އޮގަސްޓް 2020 އާ ދެމެދު ކަރަންޓް ވަގަށް ނެގި ކަމަށް އެއްބަސްވެފަ އެވެ.