ބަންގްލަދޭޝްގެ މުޒާހަރާގައި ވިރާތުއާ ވައްތަރު ކަމަށް ބުނާ މީހާ -- ފޮޓޯ: އެކްސް

ބަންގްލަދޭޝްގެ މުޒާހަރާގައި ވިރާތުއާ ވައްތަރު މީހެއް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން އިސްތިއުފާ ދިނުމުން އެ ގައުމުގައި ދަނީ އުފާ ފާޅުކުރަމުންނެވެ.

މި އުފާ ފާޅުކުރުންތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީއާ ވައްތަރު ކަމަށްބުނާ މީހަކަށެވެ.

އުފާކުރަން އެއްވެ ތިބި މީހުންގެ ތެރޭގައި ވިރާތު ކޯލީއާ ވައްތަރު މީހަކު ހުންނަ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މިކަން ވަނީ އިންޑިއާގެ ނޫސްތަކުގެ ސަމާލުކަމަށްވެސް އައިސްފަ އެވެ.

ޓްވިޓާގައި އެކަކު ވަނީ ވިތާރު ޓެގްކޮށް، އެއީ އޭނާތޯ ސުވާލުކޮށްފަ އެވެ.