ޖަޕާން ބަޔަކު އެގައުމުގެ މަގުމަތީގައި

ފިރިމީހާގެ އާމްދަނީ އަނބިމީހާއަށް، ފިރިމީހާއަށް ލިބެނީ އަނބިމީހާ ދޭ ޕޮކެޓްމަނީ

ބައެއް އަނބިންގެ ޝަކުވާއަކީ އެ މީހުންގެ ފިރިންނަށް ލިބޭ އާމްދަނީ ހަރަދުކޮށް ހުސްކޮށްލާ ގޮތެއްވެސް ނޭނގޭކަމުގެ ޝަކުވާ އެވެ.

ޖަޕާނުގެ ކޮޒުކައި ސަގާފަތަކީ ތަފާތު ސަގާފަތެކެވެ. ފިރިމީހާ އަދާކުރާ ވަޒީފާއިން ލިބޭ އާމްދަނީ ދޭނީ އަނބިމީހާއަށެވެ. ފިރިމީހާއަށް ލިބޭނީ އަނބިމީހާ ދޭ ޕޮކެޓްމަނީ އެވެ. މި ޕޮކެޓްމަނީ އަށް ކިޔަނީ ކޮޒުކައި އެވެ.

މިއީ ފިރިމީހާގެ ބޭކާރު ހަރަދުތައް މަދުކޮށް ފިރިމީހާއަކީ ޒިންމާދާރު މީހަކަށް ހެދުމަށްކުރާ ކަމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަޕާންގެ 74 ޕަސެންޓް ގޭގައި މިކަން އޮންނަނީ މިހެންނެވެ.

ޖަޕާނުގެ ސަގާފަތުގައި އާމްދަނީ ހޯދަން އާންމުކޮށް މަސައްކަތްކުރީ ފިރިހެނުންނެވެ. ގޭގެ ކަންކަން ބަލަހައްޓަނީ އަންހެނުން ކަމަށްވާއިރު އެ ހަރަދުތައް ބަލަހައްޓަން އެނގޭނީ އަނބިންނަށް ކަމަށް ޖަޕާނު މީހުން ގަބޫލުކުރެ އެވެ.