ފޮޓޯ: ޖޭކޮމްޕް | ފްރީޕިކް

1.5 މިލިއަން ޑޮލަރުގެ ޗިކަން ވިންގް ވަގަށް ނަގައިފި

އެމެރިކާގެ ސްކޫލެއްގައި 1.5 މިލިއަން ޑޮލަރުގެ ޗިކަން ވިންގް ވަގަށް ނެގި އެ ސްކޫލްގެ މުވައްޒަފަކު ނުވަ އަހަރަށް ޖަލަށްލައިފި އެވެ.

މި މައްސަލައިގައި ޖަލަށްލާފައިވަނީ އުމުރުން 68 އަހަރުގެ ވެރާ ލިޑެލް އެވެ.

ސްކޫލްގެ ފަރާތުން ދަރިވަރުންނަށް ދޭ ޗިކަން ވިންގްތަކެއް އޭނާ ވަގަށް ނެގީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އޭނާ ވަނީ 11،000 ކޭސް، ޗިކަން ވިންގް ވަގަށް ނަގާފަ އެވެ.

މި ވައްކަން ފަޅާއެރީ ސްކޫލުން ހިންގި އޮޑިޓަކުންނެވެ.

ކޮވިޑް ދުވަސްވަރު އެ ސްކޫލުގެ ދަރިވަރުން ގޭގައި ތިބެގެން ކިޔަވަމުންދިޔައިރު ސްކޫލުން ދިޔައީ ދަރިވަރުންނަށް ކާނާ ޕެކެޓްތައް ފޮނުވަމުންނެވެ. ނަމަވެސް ޗިކަން ވިންގް އެ ދަރިވަރުންނަށް ފޮނުވާފައިނުވެ އެވެ.