އެންމެ ބާރަށް ވިކޭ ގޭމަކަށް ސްޕައިޑާމޭން 2

ސޮނީން ޕްލޭސްޓޭޝަނަށް ނެރުނު ސްޕައިޑާ-މޭން ގޭމަކީ އެންމެ ބާރަށް ވިކެމުންދާ ގޭމް ކަމަށް ސޮނީން ބުނެފި އެވެ.

"ސްޕައިޑާ-މޭން 2" ގޭމް ނެރުނުތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 2.5 މިލިއަނަށްވުރެ ގިނަ ފިޒިކަލް އަދި ޑިޖިޓަލް ކޮޕީ ވަނީ ވިކިފަ އެވެ.

ސޮނީން މި ގޭމް ނެރުނީ ހުކުރު ދުވަހު އެވެ.

މި ގޭމްގެ މެއިން ސްޓޯރީ ނިންމަން ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާއިރު، ވަގުތު ދިގުވުމުގެ ސަބަބުން ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގޭމްގެ ސައިޑް ކޮންޓެންޓް ހިމެނޭ ގޮތަށް މި ގޭމް ނިންމަން ގާތްގަނޑަކަށް 40 ގަޑިއިރު ހޭދަވެ އެވެ.