ހޮބީއަކަށް ކުރޮޅި ދުއްވާ މީހާ: ސްކްރީންޝޮޓް އިންސްޓަގްރާމް

ރިއަލް އެސްޓޭޓް އެޖެންޓަކު ކުރޮޅި ދުއްވުމުގައި

ރިއަލް އެސްޓޭޓް އެޖެންޓަކު، ކުރޮޅި ދުއްވަން އުޅެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟

އިންސްޓަގްރާމްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ރިއަލް އެސްޓޭޓް އެޖެންޓަކު މުމްބާއީގައި ކުރޮޅި ދުއްވުމުގައި އުޅޭ މަންޒަރެވެ. މި ވީޑިއޯ ކޮށްފައިވަނީ ކުރޮޅީގައި ދަތުރުކުރި އެހެން މީހެކެވެ.

އެ ކުރޮޅި ދުއްވާ މީހާ، މަގުމަތިން ފެންނަހާ މީހަކަށް ގޮވާލާތީ މި ވީޑިއޯ ކުރި މީހާ ވަނީ އެ އެންމެން ދަންނަނީ ކިހިނެތްތޯ ކުރޮޅި ދުއްވާ މީހާއާ ސުވާލުކޮށްފަ އެވެ.

ކުރޮޅި ދުއްވާ މީހާ ވަނީ އޭނާއަކީ ރިއަލް އެސްޓޭޓް  އެޖެންޓެއް ކަމަށާއި ދެ ފްލެޓް ހުންނަ ކަމަށް ބުނެފަ އެވެ.

ރިއަލް އެސްޓޭޓް އެޖެންޓަކު ކުރޮޅި ދުއްވަނީ ކީއްވެތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ އެއީ ހޮބީ ކަމަށެވެ.