ފޮޓޯ: އެކްސް

މީހުންގެ ސަމާލުކަން މި މީހާގެ ޓީޝާޓްގައިވާ ލިޔުންކޮޅަށް

މީހުންގެ ނަޒަރު ހުއްޓިފައިވަނީ މި މީހާގެ ޓީޝާޓުގައިވާ ލިޔުންކޮޅަށެވެ. އެ ލިޔުންކޮޅުގައިވަނީ ފިރިހެނުންގެވެސް ޖަޒުބާތުތައް ހުންނަކަން ބެލުމަށް ޓީޝާޓްގައިވާ ކިޔުއާރް ކޯޑް ސްކޭންކޮށްލުމަށެވެ.

މިއީ އުއްތަރު ޕްރަދޭޝްގައި ބޯކޮށުމުގެ މަސައްކަތުގައި އުޅޭ ސޯނޫގެ ފޯނު ވަގަށް ނެގުމުން އޭނާއަށް ފޯނެއް ގަނެދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސޯނޫގެ ކަސްޓަމަރަކު ކުރި ކަމެކެވެ.

ކިޔުއާރް ކޯޑް ސްކޭންކޮށްލުމުން ހުޅުވޭ ލިންކްއަކީ، ކްރައުޑް ފަންޑް ވެބްސައިޓެއް ކަމަށްވާ މިލާޕްގައި ސޯނޫއަށް ފޯނެއް ގަންނަން ބޭނުންވާ 15،000 ރުޕީސް އެއްކުރުމަށް ހާއްސަކޮށްފައިވާ ފަންޑްގެ ލިންކެވެ.

މި ކިޔުއާރް ކޯޑް ސްކޭންކޮށް ގިނަ ބަޔަކު ދަނީ ފައިސާ ހަދިޔާކުރަމުންނެވެ.