ޓްވިޓާގެ ބްލޮކިން ފީޗާ އުވާލަނީ

ޓްވިޓާ – މިހާރުގެ ނަމުންނަމަ "އެކްސް"ގެ ވެރިޔާ އީލޮން މަސްކްގެ ވިސްނުން މިހާރު ހުރީ ބްލޮކިން ފީޗާވެސް އުވާލުމަށެވެ.

އީލޮން މަސްކް ބުނާ ގޮތުން ބްލޮކިން ފީޗާއަކީ "މާނައެއް ނެތް" ކަމެކެވެ.

މިބަދަލު ގެނައި ނަމަވެސް ޑައިރެކްޓް މެސެޖު ނުކުރެޥޭ ގޮތަށް ބްލޮކް ކުރެވޭނެ ކަމަށް "އެކްސް"ގެ ވެރިޔާ ބުނެއެެވެ.

ބިލިއަނަރު އީލޮން މަސްކް 44 މިލިއަން ޑޮލަރަށް ޓްވިޓާ ގަތީ މިދިޔަ އަހަރު އެވެ. އެއަށްފަހު ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.